ވީއައިއޭގައި ހެދި މަރުޙަބާގެ މޮނިއުމެންޓް ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ހެދި މޮނިއުމެންޓު މިއަދު ހުޅުވައިފި އެވެ.
ސިނަމާލެ ބުރިޖާ ގުޅިފައިވާ ހަލިމަގުން އެއާޕޯޓަށް ވަންނަ ދިމާލުގައި ބަހައްޓާފައިވާ މި މޮނިއުމެންޓް ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފާއި އެ ކުންފުނީގެ ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފެވެ.
މި މޮނިއުމެންޓުގައި ވެލާނާ އެއާޕޯޓުގެ ނަން ބޯޑަކާއި އޭގެ މަތީގައި ބޮޑުގަޑިއެއް ބަހައްޓާފައިވާއިރު، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ބޭނުންކުރާ ދިވެހި ގަލުވަޑާމުގެ ފަރުމާވެސް މި މޮނިއުމެންޓުގައި ބޭނުންކޮށްފައިވެއެވެ.
އެމްއޭސީއެލް އިން ހާމަ ކުރެއްވި ގޮތުގައި، މިފަދަ މޮނިއުމަންޓެއް ބެހެއްޓީ ވެލާނާ އިންޓަނޭޝަލަން އެއަރޕޯޓު ބޭނުން ކުރާ ފަސިންޖަރުންނަށް ތަފާތު ތަޖުރިބާއެއް ދިނުމުގެ ބޭނުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް