މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު، މެލޭޝިއާގެ ޤައުމީ އެއަރލައިން، މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް އަލުން ދިވެހިރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
އެގޮތުންް އެ އެއަރލައިންސްއިން މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ރާއްޖެއަށް ފަށާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓް އޮންނާނީ އަންނަ ބުރާސްފަތިދުވަހު ހެނދުނުއެވެ.
އަދި މި ދަތުރުތައް ކޮންމެ ދުވަހަކު ކުރުމަށް ހަމަޖެހިފައިވާއިރު، މި އެއަރލައިން އިން ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރާނީ ބޮއިން 737- 800 މަކުރާގެ 174 ގޮނޑީގެ ފުލައިޓެކެވެ.
މެލޭޝިއާ އެއަރލައިންސްއިން ދިވެހިރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.
މެލޭޝިއާއަކީ މިހާރު ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދާ ޤައުމަށްވާއިރު، މިދިޔަ އަހަރު އެ ޤައުމުން ރާއްޖެއަށް 13000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް