ހުޅުމާލެ ޓްރެކް ސަރަހައްދުގައި ތަރައްގީކުރި އާންމު ފާހަނަތައް ހުޅުވައިފި
ހުޅުމާާލޭގެ ފަތާ ޓްރެކް ސަރަހައްދުގައި ތަރައްގީކޮށްފައިވާ އާންމު ފާހަނާތައް ހުޅުވައިފިއެވެ.
މިއީ އެޗްޑީސީގެ ފަރާތުން ތަރައްގީކޮށްފައިވާ ތަންތަނެވެ.
އެކުންފުނިން ބުނީ މިތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާހާނަ ހުންނާނެކަމަށެވެ. އަދި މި ފާހަނަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ފާހާނަ ހުންނާނެކަމަށްވެސް އެޗްޑީސީން މައުލޫމާތު ދިނެވެ.
މި ފާހަނަ ބަރީގެ އަންހެނުންގެ ފާހަނައިގައި ގާތުން ކިރުދޭ ކޮޓަރިއެއް ވަނީ ގާއިމްކޮށްފައެވެ. މިތަނުގެ ދެ ޖިންސްގެ ފާހަނައިގައިވެސް ކުޑަކުދިންގެ ނެޕީ ބަދަލުކުރުމުގެ އިންތިޒާމް ހުންނާނެއެވެ.
މިތަނުގެ ބޭރުގައި އައުޓްޑޯ ޝަވަރގެ ވަސީލަތްވެސް ވަނީ ގާއިމްކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް