ރާއްޖޭގައި އައިިއެސްއާާއި ގުޅުންހުރި ފަރާތްތަކެއް އުޅޭ: ހޯމް މިނިސްޓަރ އިމްރާން
އިރާގާއި ސީރިޔާގައި މުސްލިމުންގެ ވަކި ދައުލަތެއް ގާއިމްކޮށްގެން އުޅުނު އައިއެސް ޖަމާއަތާއި ގުޅުންހުރި ފަރާތްތަކެއް ދިވެހިރާއްޖޭގައި އުޅޭކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ ދިވެހިރާއްޖޭގައި އައިއެސްއާއި ގުޅުންހުރި ފަރާތްތަކެއް ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން ފުލުހުން ހައްޔަރުވެސް ކޮށްފައިވާނެކަމަށެވެ.
އިމްރާން އިތުރަށް ވަނީ ށ.މާއުނގޫދޫއަށް ބަޔަކު އަރައި އައިއެސްގެ ދިދަ ފާރުގައި ޖެހި މައްސަލައަށް އަލި އަޅުއްވާލައްވާފައެވެ. އެބޭފުޅާ ވިދާޅުވީ އެ ދޯނި އޮތްތަން މިހާރު ހޯދިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް