ރާއްޖެއަށް އަސާސީ މުދާ ގެނައުމަށް އިންޑިއާއިން ދެ ބަނދަރެއް އިތުރުކޮށްފި
ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގެނައުމަށް އިންޑިއާ ސަރުކާރުން އިތުރު ދެ ބަނދަރެއް އިތުރުކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ، ރާއްޖެއަށް މުުދާ އެކްސްޕޯޓު ކުރަން އިންޑިއާއިން އިތުރުކޮށްފައިވާ ދެ ބަނދަރަކީ ކަންޑްލާ އާއި ވިޝާކަޕަޓްނަމް ކަނޑުގެ ބަނދަރުތައް ކަމަށެވެ.
މިގޮތުން، އިންޑިއާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ފޮރިން ޓްރޭޑްއިން އާއްމު ކުރި އުސޫލުގައިވާ ގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު 1992 ވަނަ އަހަރު ސޮއިކުރި ފޮރިން ޕޮލިސީ އެގްރީމެންޓަށް 2023 ވަނަ އަހަރު ގެނެވުނު އިސްލާހަށް މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވަނީ އިސްލާހެއް ގެނެސްފައެވެ.
މި ދެނބަދަރުން ރާއްޖެ އަށް މުދާ ގެނައުމަށް ހަމަޖެހިފައިވަނީ މި އުސޫލުގެ ދަށުންނެވެ.
2024 އިން 2025 ގެ މާލީ އަހަރަށް މި ބަދަލު ގެނަސްފައިވާއިރު، ރާއްޖެއށް މުދާ އެތެރެކުރަމުންދާ އެއްވެސް ބަނދަރެއް މި ލިސްޓުން އުނި ނުކުރާކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް