ޔޫކޭގެ ވަގުތީ ވިސާ ސެންޓަރެއް ހުޅުވައިފި
އިނގިރޭސިވިލާތުގެ ވިސާއަށް ރާއްޖޭގައި ހުރެގެން ކުރިމަތިލުމުގެ ވަގުތީ ސެންޓަރެއް މިއަދު ފޮރިން މިނިސްޓްރީގައި ހުުޅުވައިފިއެވެ.
އިނގިރޭސިވިލާތުގެ އެމްބަސީން އިންތިޒާމްކުރާ މި ވަގުތީ ވިސާ ސެންޓަރ ހުޅުވާފައި ހުންނާނީ މިއަދާއި މާދަމާ، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތުގައެވެ.
މި ވިސާ ސެންޓަރުގެ ޚިދުމަތް ލިބޭނީ ކުރިން އޮންލައިންކޮަށް އެޕޮއިންޓްމެންޓެއް ހެއްދި ފަރާތްތަކަށް ކަަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އިނގިރޭސިވިލާތުގެ ވަގުތީ ވިސާ ސެންޓަރެއް ރާއްޖޭގައި ހުޅުވުމުގެ މަގުސަދަކީ އެގައުމަށް ތައުލީމް ހާސިލްކުރުމަށްޓަކައި ދާ ދިވެހި ކިޔަވާކުދިންނަށް ލުއިފަސޭހަ ކޮށްދިނުންކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް