ލޯންޗެއްގައި ރޯވެ، ބިދޭސީއަކަށް އަނިޔާވެއްޖެ
ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި ރޯވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، މިއަދު 11:45 އެހާކަށް ހާއިރު ކަމަށެވެ.
އެހާދިސާގައި ބިދޭސީއަކަށް އަނިޔާވުމުން އޭނާ މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ.
ލޯންޗްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވަނީ ސިފައިންނާއި ފުލުހުން ކަމަށް، ފުލުހުން މައުލޫމާތު ދެއެވެ.
އެހާދިސާގައި ބިދޭސީ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް