ކުރީގެ ނައިބު ރައީސުންނަށް އިނާޔަތްދޭ ބިލް ތަސްދީގްނުކޮށް އަނބުރާ މަޖިލީހަށް!
ނައިބު ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތްދޭ ބިލް ތަސްދީގުނުުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެބިލް އަނބުރާ މަޖިލީހަށް ފޮނުއްވައިފިއެވެ.
މިި ބިލް އަލުން ފޮނުއްވައިލެއްވީ ގާނޫނު އަސާސީގެ ރޫހާއި މި ބިލް ޚިލާފްކަމަށް ވިދާޅުވެ، އެ ބިލްގެ މައްސަަލައިގައި މަޖިލީހުން ދެވަނަ ވިސްނުމަކަށް ވަޑައިގެން ދެއްވުން އެދިއެވެ.
އޭދަފުށީ ދާއިރާާގެ މެންބަރ އަހުމަދު ސަލީމް ހުށައެޅުއްވި ބިލްގައިވަނީ އޮގަސްޓް 7، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށެވެ.
ނަމަވެސް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އައިސްފިނަަމަ އެ އިނާޔަތްތަކާއި ރައްކާތެެރިކަން ނުލިބޭނެކަމަށް ވަނީ ބުނެފައެވެ.
މި އިނާޔަތްތަކަކީ 35،000ރގެ މަހު މުސާރައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް