ޕީޖީގެ މައްޗަށް އަބުރުގެ ދައުވާ ކުރާނަން: މަލީހު
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލަށް ލިބިވަޑައިގަތްކަމުގެ ތުހުމަތު ކުރެއްވުމުން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެކަމަށް، މަލީހު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައެވެ.
މަލީހު ވިދާޅުވީ ސިއްރުކުރި ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅުވައިގެން އެބޭފުޅާގެ ނަން ޕީޖީ ވިދާޅުވިކަމަށް ނޫސްވެރިއަކު މައުލޫމާތުދިންކަމަށެވެ. އަދި އެހެންކަމުން ޕީޖީ ގޮވައިގެން އަބުރުގެ ދައުވާ ކުރާނެކަމުގެ އިންޒާރު މަލީހު ވަނީ ދެއްވާފައެވެ.
އެބޭފުޅާ އިތުރަށް ވަނީ މިހާތަނަށް ތުހުމަތެއްވެސް ނުކުރެވޭ މީހުންގެ ނަން ގެންނަނީ މިސްރާބު އޮޅުވާލަންތޯ ސުވާލުކުރައްވާފައެވެ.
"ޕީޖީ އެނބުރޭ ވަހުތާނަކަށް ވެެގެން ނުވާނެ"، މަލީހު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް