ބާ ކައުންސިލްގެ މެންބަރުކަމުން ޝުޖޫން އިސްތިއުފާދެއްވައިފި
ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރުކަމުން އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.
އެކަމަނާ މި މަގާމުން އިސްތިއުފާދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެވުމާއި ގުޅިގެންނެވެ.
ބާ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ ޝުޖޫން މިއަދު އެކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ޝުޖޫން ކޮށްދެއްވި ޚިދުމަތަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ޝުކުރު އަދާކުރާ ކަމަށެވެ.
އަލްއުސްތާޛާ އައިޝާ ޝުޖޫން ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް