އެމްއެމްސީގެ އިންތިޚާބު އަވަސްގެ ނާއިފް ކާމިޔާބުކޮށްފި
މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެންބަރކަމުގެ އިންތިޚާބު އަވަސް އޮންލައިންގެ އަހުމަދު ނާއިފް ކާމިޔާބުކޮށްފިއެވެ.
އަވަސްގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ނާއިފް މި ގޮނޑި ކާމިޔާބުކޮށްފައިވަނީ "ނޫނު އިންފޯ" އިން ވާދަކުރި އަހުމަދު ނައުޝާދާއި ވާދަކޮށެވެ.
ނާއިފްއަށް މި އިންތިޚާބުގައި ލިބުނީ 63 ވޯޓެވެ. ނައުޝާދަށް ލިބިފައިވަނީ 9 ވޯޓެވެ. މި އިންތިހާބުގައި ވޯޓްލާން ރަޖިސްޓްރީ ކުރީ މީޑިއާގެ 85 ފަރާތަކުންނެވެ.
މީޑިއާ ކައުންސިލްގެ މި ބައި އިލެކްޝަަނަކީ އެ ކައުންސިލްގެ މެންބަރު ކަމުގައި ހުންނެވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަލީ ޔޫސުފުގެ މެންބަރު ކަމުގެ ދައުރު ހަމަވެގެން ބޭއްވި ބައި އިލެކްޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް