މަސްވެރިކަމާ ބެހޭ ވުޒާރާގެ ނައިބު, ޝާފިއު އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބަކަށް ހުންނެވި އަހުމަދު ޝާފިއު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާފިއު އިސްތިއުފާ ދެއްވީ މިއަދުއެވެ. މަޤާމުން އިސްތިއުފާ ދެއްވިކަން އާއްމުކޮށް ޝާފިއުވަނީ އެކަން އޭނާގެ ފޭސްބުކް އެކައުންޓުގައިވެސް ހިއްސާކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓްގައި ޝާފިއު ވިދާޅުވީ، ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.
ނަމަވެސް އިސްތިއުފާދެއްވި ސީދާ ސަބަބެއް ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް