'ވަގުތު ނޫހު'ގެ މައްޗަށް ދައުވާ ކުރަންޖެހިދާނެ: އަބީޝެކް ވަރުމާ
"ވަގުތު" ނޫހުގެ މައްޗަށް ދައުވާ ކުރަންޖެހިދާނެ ކަމަށް އިންޑިއާގެ ބިލިއަނަރެއްކަމަށްވާ އަބީޝެކު ވަރުމާ ބުނެފިއެވެ.
"އިންޑިއާގެ ބިލިއަނަރަށް ދިވެހީންގެ އަގަކަށް ވީ އެންމެ ފައްސަތޭކަ ޑޮލަރު" މި ސުރުޚީގެ ދަށުން ވަގުތު ނޫހުގައި ލިޔެފައިވާ އާރޓިކަލްއަށް ރައްދުދީ އޮލިއާލިއާ މޯލްޑިވްސްގެ ޗެމަންކަން ވެސް ކުރައްވަމުން ގެންދަވާ އަބީޝެކް ވަރުމާގެ ސްޓޭޓް މަންޓެއް އޮލިއާލިއާ މޯލްޑިވްސްގެ ފޭސްބުކު ޕޭޖުގައި ވަނީ ޕޯސްޓްކޮށްފައެވެ.
އެގޮތުން އެޕޯސްޓްގައި ވުނެފައިވަނީ ހަގީގީ ވާހަކަތަކެއް ނޫންކަމަށެވެ. އޭނާ ބުނެފައިވަނީ ދިވެހިންނަކީ އަގުކުރެވޭނެ ބައެއް ނޫންކަމަށެވެ. އަދި ވަގުތުން ގެންގުޅޭ އުސޫލު ބަދަލުކޮށް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށްވެސް އަބީޝެކް ވަނީ އެދިފައެވެ. އަދި އެމީހުންގެ މަސައްކަތުގައި ޒިންމާދާރު ނުވާކަމުގައި ވާނަމަ އެނޫހުގެ މައްޗަށް ދައުވާ ކުރާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ވަގުތު ނޫހުން ލިޔެފައިވާ އާޓިކަލްގައި ބުނެފައިވަނީ އަބީޝޭކް ވެރުމާ، ރާއްޖޭގެ ނޫހެއް ކަމަށްވާ 'ދަ މޯލްޑިވްސް ރިޕޯޓް. ކޮމް' އަތުން 100 މިލިއަން ޑޮލަރު ހޯދަން ދައުވާ ކުރަން ތައްޔާރުވާ ކަމަށް އޭނާ ބުނެފައިވާކަމަށެވެ.
އެނޫހުގައި ޝާއިއު ކުރި ޚަބަރާއި ގުޅިގެން އެފަދަ ބޮޑު އަގަކުން ބަދަލު ހޯދަން ވަރުމާ ދައުވާ ކުރަން ހުށަހަޅާފައިވާ އިރު، ނޫހުގެ އެޑިޓަރު ހޯދާ، މައުލޫމާތު ހިއްސާ ކުރާ މީހަކަށް ދޭން އޭނާ ބުނެފައި ވަނީ އެންމެ 500 ޑޮލަރެވެ. ވެރުމާއަށް އެފަދަ ބޮޑު ބަދަލެއް ލިބެން އޮތް މައްސަލައެއްގައި، މުހިއްމު މައުލޫމާތެއް ހޯދުމަށް އޭނާ 500 ޑޮލަރު ހުށަހެޅުމުން އެކަން ބައެއް ފަރާތްތަކަށް 'ޖޯކް"އަކަށްވެސް ވެދާނެ ކަމަށްވެސް ވަގުތު ނޫހުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް