އައިޖީއެމްއެޗްގެ އައިސީޔޫގެ ސީލިންގުން ބައެއް ވެއްޓިއްޖެ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ)ގެ ސީލިންގުން ބައެއް ވެއްޓިއްޖެއެވެ.
މި ހާދިސާގައި އެތަނުގައި އެވަގުތު ހުރި ކުޑަކުއްޖެއްގެ ބޮލަށް ސީލިންގުން ބައެއް ވެއްޓި އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ސީލިންގުން ބައެއް ވެއްޓިފައިވަނީ އައިސީޔޫގެ ވެއިިޓިންގ އޭރިޔާއަށެވެ. މި ހާދިސާ ހިނގާފައިވަނީ ވާރޭގެ ސަބަބުން ސީލިންގ ފޯވެގެންކަމަށް އެތަނުގައި ހުރި ފަރާތްތަކާއި ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި ހާާދިސާގައި އަނިޔާވި ކުއްޖާއަށް މިވަގުތު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް