ޙާފިޒުންނަށް ދޭ ސަނަދު އެމްކިޔުއޭ ޤަބޫލުކުރާ މިންގަނޑަށް ފެއްތުމަށް މަޝްވަރާކޮށްފި
ޙާފިޒުންނަށް ޙަވާލުކުރެވޭ ސެޓްފިކެޓްތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ މިންގަނޑަށް ފެއްތުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.
އެމްކިއުއޭ އާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދު ކުރިއަށް ދިޔަ މަޝްވަރާގެ މި ބައްދަލުވުމުގައި އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދާއި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމާއި ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ، ޙާފިޒުކަމުން ތަމްރީނުވެ، ސެޓްފިކެޓު ހާޞިލުކުރާ ދަރިވަރުންނަށް ލިބޭ ސަނަދުގެ ފެންވަރު ކަނޑައެޅުމާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށެވެ.
މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކަނޑައަޅުއްވާފައިވާ އެމްއެންކިއުއެފް ލެވެލްއަކީ ސެޓްފިކެޓްތަކުގެ ފެންވަރު ދެނެގަތުމަށް ބޭނުންކުރެވޭ ނިޒާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް