ދުއްވަމުންދިޔަ ސައިކަލުގެ ކުރިމައްޗަށް ކުޑަކުއްޖަކު؛ ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ވެއްޓި އެކްސިޑެންޓެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ކުރިމައްޗަށް ކުއްލިއަކަށް ކުޑަކުއްޖަކު އެރުމުން، އެ ކުއްޖާގެ ގައިގައި ނުޖެހި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:03 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން ސައިކަލު ދުއްވާފައި ދަނިކޮށް ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުން، އެ ކުއްޖާގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓުނީ ކަމަށެވެ.
އަދި މި ހާދިސާގައި އެ ކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައި ނުވާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާއަށާއި ފަހަތުގައި އިން މީހާއަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް