ރިޟްވާން މަރާލިކަމަށް ސަރުކާރުން ހާމަކޮށްފި
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލިކަމަށް ގެއްލުވާލެވިފައިވާ އަދި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލަމުންދާ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ސުއޫދު ވިދާޅުވީ ރިލްވާންގެ ފްލެޓް ކައިރިން ކާރަކަށް އަރުވައިގެން، ޑިންގީއަކަށް އަރުވައިގެން ގެންގޮސް، ކަނޑުގެ އުޅަނދެއްގައި މަރާލި ކަމަށެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ރިޟްވާން މަރާލީ ކަރުގައި ދާގަނޑެއް އޮޅާލައިގެން ކަމަށް ތަހުގީގުގައި ބައެއް މީހުން ބުނެފައިވާ ކަމަށެވެ. ސުއޫދު ވިދާޅުވި ގޮތުގައި ރިޟްވާން މަރާލަން އުޅުމުން ޝަހާދަތް ކިޔުމުން އޭނާ މަރާލުމާއި މެދު ޚިޔާލު ތަފާތުވިއެވެ. ނަމަވެސް އެ ހެކިބަހުގައި ފުށު އެރުންތަކެއް ހުރިކަމަށް ސުއޫދު ވިދާޅުވިއެވެ.
ރިޟްވާން މަރާލުމަށް އެރުވި ކަނޑުގެ އުޅަނދުގެ ވެރިޔާވެސް ހޯދިފައިވާކަމަށް ސުއޫދު ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް