ދިވެއްސަކާ އިނދެގެން އުޅުނު ބަންގްލަދޭޝް މީހަކު އަންހެނުންތަކެއް ރާއްޖެ ގެނެސް ހަށިވިއްކުވި: އިމިގްރޭޝަން
ބަންގްލަދޭޝް މީހަކު އަންހެނުންތަކެއް ރާއްޖެ ގެނެސް ހަށިވިއްކުވި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ދިވެހި އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، ބަންގްލަދޭޝް މީހަކު 2019 އިން ފެށިގެން 23 އަންހެނުން ރާއްޖެ ގެނެސް ހަށިވިއްކުމުގެ މަސައްކަތުގައި ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
އިމިގްރޭޝަނުން ބުނާ ގޮތުގައި މި މައްސަލައިގައި ހިމެނޭ މައިގަނޑު ފަރާތަކީ ޢަރިފް ކަމަދާރީ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. މި މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު މީހެކެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ މިހާރު ޢަރިފް ކަމަދާރީ ވަނީ ޑީޕޯޓްކުރެވިފައި ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ އެހެން އެންމެން ވެސް ޑީޕޯޓްކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް