އދ.އަރިޔަދޫގައި އަލިފާން ރޯވެއްޖެ
އދ.އަރިޔަދޫގައި އަލިފާންގަނޑެއް ރޯވެ، އެރަށުގެ ބައެއް ސަރަހައްދުތައް އަނދަމުން އެބަދެއެވެ.
ފުލުހުން ވިދާޅުވީ، އެރަށުގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:40 ހާއިރު ކަމަށާއި އެރަށުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިއީ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށެކެވެ.
މާމިގިލީ ކައިރީގައި އޮންނަ އަރިޔަދޫގައި ރޯވުމާއި ގުޅިގެން މާމިގިލީ އެއާޕޯޓުގެ ފަޔަރ ޓީމް މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް އަލިފާންގަނޑު އަދި ކޮންޓްރޯލްވެފައެއް ނުވެއެވެ.
އަލިފާން ނިއްވުމުގައި އާންމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް