އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އަލުން ބަލަން ފަށައިފި
މިހާތަނަށް ރާއްޖޭގައި ރެކޯޑްކުރެވުނު އެންމެ ބޮޑު އެއް ޚިޔާނާތުގެ މައްސަލަ ކަމުގައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އަލުން ތަހުގީގުކުރަން ފަށައިފިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އަލުން ބަލަން ފެށީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުންނެވެ.
އެ ކޮމިޝަނުން ވަނީ އެމްއެމްޕީއާރްސީގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގު ކުރަމުންދާތީ، އެކަމަށް ބޭނުން ހިފޭނޭ ލިޔެކިއުމާއި މައުލޫމާތު ހުރި ނަމަ، އެ ކޮމިޝަނާ ހިއްސާކޮށްދިނުމަށް އާންމުކޮށް އެދިފައެވެ. އެމްއެމްޕީއާރްސީގެ މައްސަލަ އޭސީސީއިންވެސް ތަހުގީގުކުރި އިރު، ތަހުގީގުގެ ރިޕޯޓެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން ވަނީ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތެއް ހިނގާފަ އެވެ.
މި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަދަ ބޭބޭފުޅުންނަށް ވަނީ ޖަލުހުކުމްތަކެއްވެސް އައިސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް