އިއްޔެއާއި ހަަމައަށް މަޖިލީހަށް 183 ފަރާތަކުން ކުރިމަތިލައިފި
އިއްޔެއާއި ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް 183ފަރާތަކުން ކުރިމަތިލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެގެ ނިޔަލަށް 183ފަރާތަކުން ކެނޑިޑެސީ ފޯމް ހުށައަޅާފައިވާކަމަށެވެ.
މި ފަރާތްތަކުގެ ތެރެއިން އެންމެ ގިނައީ އެމްޑީޕީގެ މެންބަރުންނެވެ. އެއީ 86 ފަރާތެކެވެ. ދެވަނައަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ޕީޕީއެމްގެ ފަރާތުންނެވެ. އެއީ 14 މެންބަރުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާތަނަށް 59ފަރާތަކުން ވަނީ އަމިއްލަގޮތުން ވާދަކުރުމަށް ފޯމް ހުށައަޅާފައެވެ.
މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ މިމަހުގެ 21ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް