އދ. މަހިބަދޫގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާއިމުކޮށްފި
އދ. މަހިބަދޫގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާއިމުކޮށްފިއެވެ.
މިއަދު ސްޓެލްކޯ އިން ވިދާޅުވީ އދ.މަހިބަދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް އެރަށުގައި އައު ޓްރާންސްފޯމަރ ސަބްސްޓޭޝަނެއް ޤާޢިމުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަހިބަދޫގެ ކަރަންޓު ވިއުގަ ކުރިން ހުރި ލޯ-ވޯލްޓޭޖު ނެޓްވޯކުން މިހާރު ވަނީ މީޑިއަމް-ވޯލްޓޭޖު ނެޓްވޯކަކަށް ބަދަލުކުރެވިފައިކަމަށެވެ.
މަހިބަދޫ އަކީ އދ. އަތޮޅުގައި ސްޓެލްކޯ އިން ޚިދުމަތް ދެމުން ދާ ރަށްތަކުގެ ތެރެއިން މީޑިއަމް-ވޯލްޓޭޖުގެ ނެޓުވޯކެއް ޤާއިމު ކުރި ފުރަތަމަ ރަށެވެ.
އަލަށް ޤާއިމުކުރި ޓްރާންސްފޯމަރ ސަބްސްޓޭޝަންގެ ސަބަބުން މަހިބަދޫގެ ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ އެއްކޮށް ޙައްލުކުރެވި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް