ރޭގެ ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
މިއީ ރާއްޖޭގައި ވެސް ބޭއްވި ހަވާ އެރުވުމުގެ އެންމެ ކުލަގަދަ ރަސްމިއްޔާތެވެ.
ގިނިސް ވޯލްޑް ރެކޯޑް ބަލަހައްޓަމުން ގެންދާ ފަރާތުން މިއަދު ވަނީ ރޭގެ ހަރަކާތް ދުނިޔޭގެ ރެކޯޑް ފޮތުގައި ހިމަނާ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އެ ލިޔުމާއި އެމްއޭސީއެލް އިން ވަނީ ހަވާލުވެފަ އެވެ.

ލިޔުން ހަވާލުކުރުން އޮތީ އާ ޓާމިނަލުން ފުރަތަމަ އެއާލައިނަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. އެމްއޭސީއެލް އިން ރޭ ވަނީ އެއް ފަަހަރާ ނުވަ ސަރަހައްދެއްގައި ސިންކްރޮނައިޒްޑް ހަވާ އަރުވާފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ކުރިމަތީ ރޭ އޮތް ކުލަގަދަ ރަސްމިއްޔާތުގައި މި ޓާމިނަލް ހުޅުވުމުގެ ގޮތުން ޚާއްސަ ޑްރޯން ޝޯ އަކާއި ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތެއް ބޭއްވި އެވެ. ވީއައިއޭގެ އާ ޓާމިނަލް ކުލަތަކުން ދިއްލާލުން ވެސް އޮތެވެ. މާލެއާ ހުޅުލެ އަދި ހުޅުމާލެ ހިމެނޭހެން ޖުމްލަ 19 ސަރަހައްދެއްގައި ހަވާ އެރުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް