އިރުގެ ހަކަތައިން ދެ މިސްކިތެއް އޭސީ ކުރަން ހަވާލުކޮށްފި
އިރުގެ އަލިން ލިބޭ ހަކަތައިގެ ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ދެ މިސްކިތެއް އޭސީ ކުރުމަށް ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއިއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޔާސިރެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒާހިރު އަލީ އެވެ.
މި އެއްބަސްވުމުގެ ދަށުން އިރުގެ އަލިން ލިބޭ ހަކަތައިގެ ނިޒާމުން އޭސީކުރުމަށް ހަވާލުކޮށްފައިވަނީ އދ. ކުނބުރުދޫގައި ހުންނަ މަސްޖިދުއް ރަހްމާނާއި ގއ. ގެމަނަފުށީގައި ހުންނަ ކަމަށްވާ މަސްޖިދު އިބްރާހިމެވެ.
މި މަސައްކަތް އެކުންފުނިން ކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ ދިހަ ދުވަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް