"އާޓިފިޝަލް ބީޗުގައި ހަރަކާތެއް ކުރިއަށް ގެންދަން އުމަރު ހުއްދައެއް ނުނަގާ"
އާޓިފިޝަލް ބީޗްގައި އެއްވެސް ހަރަކާތެއް ހިންގުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އެއްވެސް ހުއްދައެއް ނަންގަވާފައި ނުވާކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ހަރަކާތަށް ހުއްދަ ނަގާފައި ވަނީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށެވެ.
ޝަމާއު މިހެން ވިދާޅުވެފައިވާއިރު، ފުލުހުން ވަނީ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ހަރަކާތުގައި އުމަރު ނަސީރު ވާހަކަ ދައްކަވާ ނަމަ އެ ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާފައެވެ.
ފުލުހުން މިގޮތަށް އެންގުމާއި ގުޅިގެން އުމަރު ވަނީ ފުލުހުންނާއި ދެކޮޅަށް ގަދަބާރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ހަރަކާތަށް ހުއްދަ ނަގާފައި އޮތީ ޕީއެންސީ އިން. އުމަރު ނަސީރު އިސްވެ ހުރެ އެއްވެސް ހަރަކާތެއް ހިންގާކަށް އެއްވެސް ހުއްދައެއް ނަގާފައެއް ނުވޭ" ޝަމާއު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް