މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދިވެހި އިމާމުންނަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް އަންގައިފި އެވެ.
އެކަން ހާމަ ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިކަން މިގޮތައް ފަހި ވެގެން ދިޔައީ ރައީސުލްޖުމުހޫރިއްޔާ ޑރ މުއިއްޒު މޮރޮކޯ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށެވެ.
އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން އެ ގައުމުގައި ގާއިމުކޮށްފައިވާ ހާއްސަ އިންސްޓިއުޓަކީ ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެކެވެ. އެތަނުގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދެ އެވެ.
ޝަހީމް ވިދާޅުވީ އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ. އަދި މި އެއްބަސްވުން މިހާރު ވަނީ މިނިސްޓްރީ އަށް ލިބިފައި ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް