ޕީއެންސީގެ އެތެރޭގެ އިންތިހާބު ފަށައިގެން ކުރިއަށްދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސަރުކާރު ހިންގާ މައިޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
ޕީއެންސީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު، އިންތިހާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 1984 މަގާމަށް 648 ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިހާބުގައި ޖުމްލަ 144 ވޯޓުފޮށި ބަހައްޓާފައިވާއިރު، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 33،500 އަރާކަމަށް ޕީއެންސީން ބުނެއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ 88 ރަށެއްގައި ވޯޓުލުން ކުރިއަށްދާނޭކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. އިންތިހާބު ކުރިއަށްދާނީ މެންދުރުފަހު 14:00 ޖެހުމާ ހަމައަށެވެ. އިންތިހާބުގައި މާލޭގެ ހުރިހާ ވޯޓުފޮއްޓެއްވެސް ބަހައްޓާފައިވަނީ ދަރުބާރުގޭގައެވެ.

ޕީއެންސީގެ އިންތިހާބު އެންމެކުރިން ބޭއްވުމަށް ތާވަލްކުރީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް