ރައީސް ނަޝީދު ތިމާވެށީގެ ޖަމްއިއްޔާއެއް އުފައްދަވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ބޭފުޅަކު އިސްވެ ހުންނަވައި ތިމާވެށީގެ ޖަމްއިއްޔާއެއް އުފައްދަވައިފިއެވެ.
މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ނަމުގައި އުފެއްދި މި ޖަމްއިއްޔާގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ރަށްތައް ތަރައްގީކުރާނެ ގޮތްތައް ހޯދައި، ފަރުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.
މި ޖަމްއިއްޔާގެ މުއައްސިސުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރައީސް ނަޝީދުގެ އިތުރުން ގ. އަނޫރާނީ، މަރިޔަމް ރާހިލް ނަސީމެވެ.
މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ އިދާރާއަކަށް ގ.ކެނެރީގެ ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް