ރާއްޖޭގެ ހުރިހާ ފަތުރުވެރިކަމާއި ގުޅުންހުރި ތަންތަން އިންސްޕެކްޓްކުރަނީ
ފާއިތުވެދިޔަ ދުވަސްތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކާއި ގުޅިގެން، ރާއްޖޭގައި ހުރި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ތަންތަން އިންސްޕެކްޓްކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
މިކަން އެ މިނިސްޓްރީން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި ތަންތަން ބަލާފާސްކުރުމަށް މިނިސްޓްރީން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިންކަމަށެވެ.
ކުރިއަށް އޮތް ހަ މަހާއި އަށް މަހާ ދެމެދު ހުރިހާ ޓުއަރިސްޓް ފެސިލިޓީތައް އިންސްޕެކްޓް ކުރާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިކަން ކުރުމުގެ މައިގަނޑު މަގްސަދަކީ ހިތާމަވެރި ހާދިސާއެއް ތަކުރާރުވިޔަ ނުދިނުންކަމަށާއި މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް