N/A
N/A
ހަބަރު 04 Apr 2019 | 05:44

"މައްޗަންގޮޅި ދެކުނަށް ލީމާންގެ ވަރުގަދަ ތަސައްވަރެއް"

އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނަށް ވާދަކުރައްވާ އެންމެ ތަފާތު އެއް ކެންޑިޑޭޓަކަށް ވާނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޢަބްދުﷲ ލީމާން ޒާހިރުއެވެ. އޭނާއަކީ އެ ދާއިރާއަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށްވުރެ ތައުލީމީ ގޮތުންވެސް އެންމެ ވަރުގަދަ އެކަކެވެ. އަދި ލީމާންގެ ތަސައްވަރު އެއަށްވުރެ މާ ވަރުގަދައެވެ.

ލީމާންގެ ތައުލީމީ ފެންވަރަށް އެއްޗެއް ބުނެވޭކަށް ނެތެވެ. އޭނާއަކީ ޗާރޓަޑް އެކައުންޓަންޓެކެވެ.

ލީމާން ވަނީ މަސައްކަތުގެ ދާއިރާގައި 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައެވެ. މިގޮތުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ އިސް ސަފުގައި މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން އެކައުންޓުންގް އަދި އޮޑިޓިންގް ދާއިރާގައި މަސައްކަތްކޮށް އެތައް ބަޔެއްގެ އިތުބާރު ވަނީ ހޯދާފައެވެ. އަދި ތަޢުލީމީ ދާއިރާގަވެސް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އަދި މިހާރުވެސް ދިވެހި ޤައުމީ ޔުނިވަރސިޓީގެ މުދައްރިސެއްވެސް މެއެވެ.

ލީމާން ވިދާޅުވި ގޮތުގައި، އޭނާއަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި ދާއިރާގެ ހާލަތު ބަދަލުކޮށްލެވޭނެ ފަދަ ކެންޑިޑޭޓަކަށް ވާނީ އޭނާ ކަމަށެވެ.

ލީމާންގެ ވަރުގަދަ ތަސައްވަރު

ލީވާންގެ ވަރުގަދަ ތަސައްވަރު ހަމަ ވަރަށް ވަރުގަދައެވެ. އެ ތަސައްވަރުގައި ހިމެނޭ ކަންތައްތަކަށް ބަލާލާއިރު

- އިސްލާމް ދީނާއި، ރައްޔިތުންނާއި، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުން

- ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ލުއިފަސޭހަ އަގެއްގައި ބޯހިޔާވަހިކަން ކޮންމެ އާއިލާއަކަށްވެސް ހޯދޭނެ ގާނޫނީ އޮނިގަނޑެއް ހެދުން

- ދިވެހި ރާއްޖޭގެ މާލީ އިދާރާތަކުން ކޮންމެ ރައްޔިތަކަށް އެއް އުސޫލަކުން އަމަލު ކުރެވޭނެ ގާނޫނީ ނިޒާމެއް ގެނައުމަށް

- އިސްރަށްވެރިންނަށް ލުއި ފަސޭހަ އުސޫލަކުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިދިނުމަށް ގާނޫނީ އޮނިގަނޑެއް ހެދުން

- ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށް ދިނުމަށާއި، އެ މީހުން ހަރުދަނާ ޒިންމާދާރު ރައްޔިތުންނަށް ހެދުން

- ކުޑަކުދިންނާއި ރައްޔިތުންނަށް ރައްކާތެރި މުޖުތަމައުއެއް ބިނާ ކުރުން

- މަޖިލީސް މެންބަރުންގެ މުސާރަ މެންބަރުން އަމިއްލައަށް ކަނޑައެޅޭގޮތް ބަދަލުކޮށް މުސާރަ ކަނޑައެޅުމުގެ ގާނޫނީ ބާރު ޕޭ ކޮމިޝަނަށް ދޭން ހުށަހެޅުން

- މަޖިލީހަށް ހާޒިރު ނުވާ މެންބަރުންގެ މުސާރައިން ކެނޑޭގޮތަށް ގާނޫނީ އޮނިގަނޑު ހެދުން

- ގާނޫނު އަސާސީ އިސްލާހުކޮށް ރައްޔިތުން ހަވާލު ކުރާ ގޮނޑި ނުވިއްކޭ އެންޓި-ޑިފެޖްޝަން ގާނޫނު ހުށަހެޅުން

- މަހަކު އެއްފަހަރު ރައްޔިތުންނާއި ބައްދަލު ކުރުން

- ރައްޔިތުންނާއި ފަސޭހައިން ބައްދަލުކުރެވޭނެ ގޮތަށް ދާއިރާގައި އޮފީހެއް ގާއިމް ކުރުން

މިއީ ލީމާންގެ ވަރުގަދަ ތަސައްވަރުގައި ހިމެނޭ ބައެއް ކަންކަމުގެ ތަފްސީލީ މައުލޫމާތު ކަމަށާއި، އޭނާ ރައްޔިތުންގެ ހާލަތު ބެލުމަށް ދޮރުން ދޮރަށް ހިނގާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދާއިރާގެ ރައްޔިތުން ތިބީ ވަރަށް ތަކްލީފް ބޮޑު ހާލަތެއްގައިކަމަށް ލީމާން ވިދާޅުވިއެވެ.

"ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ކަންކަން ވަނީ ވަރަށް ދަތިކޮށް. އަދި ހަމަ އަސާސީ ކަންތައްތައްވެސް ވަނީ ވަރަށް ދަތިކޮށް، އެބޭފުޅުންގެ ފެންބިލް ކަރަންޓް ބިލް ނުވެސް ދެއްކޭ. މީގެ އިތުރުން ގިނަ ޒުވާނުންތަކެއް ވަނީ ވަޒީފާއިން މަހްރޫމްވެފައި". ލީމާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭނާއަށް ލިބިފައި ހުރި ތައުލީމާއި ތަޖުރިބާގެ އަލީގައި މި ކަންކަމަށް ހައްލެއް ގެނެވޭނެ ކަމަށެވެ.

ލީމާން ވިދާޅުވިގޮތުގައި، ނަޒާހަތްތެރި ނޫން މީހުންނާއި، ގާބިލް ނޫން މީހުން މަޖިލީހަށް ވަންނަން އުޅެނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ މި ފަރާތްތަކުން މަޖިލީހަށް ވަންނަން ބޭނުންވަނީ ނުހައްގު މުއްސަނދިކަމެއް ހޯދުމުގެ ބޭނުމުގައި ކަމަށާއި ނޫނީ އިތުރު ބާރެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

"އެހެންކަމުން ނަޒާހަތްތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމަކީ މުސާރަ ކުޑަކުރުން. އަދި ހަމައެގޮތަށް މެންބަރުންނަށް ކަނޑައެޅިފައި އޮންނަ އިނާޔަތްތައް ރައްޔިތުންނާއި އެއް ހަމައަކަށް ގެންނަން ޖެހޭ. އޭރުން އެތަނަށް ނަޒާހަތްތެރި ބޭފުޅުން އެތަނަށް ގެނެވޭނީ". ލީމާން ވިދާޅުވިއެވެ.

ލީމާން ވިދާޅުވީ، މެންބަރުންނަށް މި ލިބޭ މުސާރަ މި ދައްކަނީ ރައްޔިތުންގެ ޓެކްސް ފައިސާތަކުން ކަމަށްވާއިރު، އޭނާ މަޖިލީހަށް ހޮވިއްޖެނަމަ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް މިނިވަން ބައެއްގެ ފަރާތުން ގާނޫނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ލީމާން އިތުރަށް ވިދާޅުވީ، ބޮޑެތި އުމްރާނީ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ލޯންތައް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ލޯނެއް ނެގުމުގެ ކުރިން ފީސިބިލިޓީ ރިޕޯޓެއް ހުށަހެޅި މަޖިލީސް ތެރޭގައި އޭތި މުތާލިއާ ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި، މަޖިލީހުގައި ތިބެން ވާނީ ފީސިބިލިޓީ ރިޕޯޓްތައްވެސް ކިޔޭ އޭގެން އެ ދޭހަވާ މާނަތައް އޮޅުން ފިލުވާ އެއާ މެދު ބަހުސް ކުރެވޭނެ ފެންވަރުގެ ގާބިލް ބޭފުޅުން". ލިމާން ވިދާޅުވިއެވެ.

އަދި މަޖިލީހަށް ހޮވެން ވާނީ، ލޯނަކީ ކޮން އެއްޗެއްކަންވެސް އިނގޭ ލޯނާއި ބެހޭ ކަންކަން މަޖިލީހަށް ހުށަހެޅުމުން އެ ލޯންގައި ހިމެނޭ ކަންކަން ރަނގަޅަށް ދިރާސާ ކުރަން އިނގެ ފަރާތްތައް ކަމަށް ލީމާން ވިދާޅުވިއެވެ.

ލީމާން ވިދާޅުވީ، މިދިޔަ 10 އަހަރު ތެރޭގައި ދައުލަތުގެ ބަޖެޓް 13 މިލިއަން އިން 30 މިލިއަންއަށް ބަދަލުވެއްޖެ ކަމަށާއި،ނަމަވެސް އޭނާގެ ދާއިރާއަށް އެކަމުން ވި އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އަދި އެ ދާއިރާ ހުރީ ކުރިންވެސް ހުރިގޮތަށް ކަމަށާއި، އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާކަމަށް ލީމާން ވިދާޅުވިއެވެ. އަދި އާސާސީ ހިދުމަތްތައްވެސް ހުރީ އެއް އަގެއްގައި ކަމަށާއި، ކުރިއެރުމެއް ލިބިފައި ނެތް ކަމަށެވެ.

ލީމާން އަދި ވިދާޅުވި ގޮތުގައި، އޭނާ ރައްޔިތުންގެ މަޖިލީހަށް ހޮއްވަވައިދެއްވައިފިނަމަ ގާނޫނަކުން މިކަން ބަދަކޮށް، ލޯންތަކަށް ބިން ބަލައިގަނެވޭނެ ގޮތް ހަދާނެ ކަމަށެވެ.

އަދި އޭނާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ހޮވިއްޖެނަމަވެސް ހުންނާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފައިދާވާނެ ކޮންމެ ކަމެއްގައިވެސް ވޯޓު ދޭން ތައްޔާރަށް އޭނާ ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މައްޗަންގޮޅީގެ ދެކުނު ދާއިރާގެ ރައްޔިތުން އޭނާ ހޮވައިދިނުމަށް ލީމާން އެދެއެވެ. އޭނާ އެހުރީ ރައްޔިތުންގެ އަޑު މަޖިލީސް ތެރޭގައި ގުގުމާލުމަށް ތައްޔާރަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...