ތަހުގީގު ހިނގަމުންދަނިކޮށް ފަނޑިޔާރު ދީދީ ރާއްޖެއިން ބޭރަށް!
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކެއް ފުލުހުންނާއި ޖޭއެސްސީން ތަހުގީގުކުރަމުންދަނިކޮށް، އެބޭފުޅާ ރާއްޖެއިން ބޭރަށް ފުރާ ވަޑައިގެންފިއެވެ.
އެނގިފައިވާ ގޮތުގައި އެބޭފުޅާ ރޭގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ބޭސްފަރުވާއަށެވެ. ފަނޑިޔާރު ދީދީ ވަޑައިގެންނެވީ ކޮން ގައުމަކަށްކަން އެނގިފައެއް ނުވެއެވެ.
ފަނޑިޔާރު ދީދީ ފުރާވަޑައިގެންނެވި އިރު، ޖޭއެސްސީން ވަނީ އެބޭފުޅާ ސަސްޕެންޑްކޮށް ސުލޫކީ މައްސަލައެއް ބަލަމުންނެވެ. އެ މައްސަލައަށް ދީދީ ވަނީ ޖަވާބުދާާރީ ވެވަޑައިގެންފައެެވެ.
އެބޭފުޅާ މައްޗަށް ޖޭއެސްސީން ސުލޫކީ މައްސަލައެއް ބަލަމުންދަނީ، ފުލުހުން ކުރަމުންދާ ތަހުގީގެއްގެ މައްޗަށް ބިނާކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް