ޚުތުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕްކޮށްގެން ބިދޭސީންނަށް ލިބޭނެ ގޮތް ހަދައިފި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖޭގެ ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށް ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ލިބޭ ގޮތް ހަދައިފިއެވެ.
މިކަމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިސްލާމްދީނަކީ ޢާލަމީ ރިސާލަތެއް ކަމަށެވެ.
އަދި އިސްލާމީ މެދުމިންކަމުގެ މަންހަޖާއި ޞައްޙަ މައުލޫމާތު މުސްލިމުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
ޚުތުބާ އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށްގެން ބަހަން ފަށާފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރުވަނީ ޚުތުބާ ކިޔާ މީހާ ފެންނަ ގޮތަށް އިސްލާމީ މަރުކަޒުގެ ހުރިހާ ފަންގިފިލާ އެއްގައި ޓީވީވެސް ހަރުކޮށްފައެވެ.
އަދި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ޚުތުބާ ދޭހަކޮށްދިނުމަށް، އިޝާރާތުގެ ބަހުން ޓީވީން ޚުތުބާ ކިޔައިދޭގޮތްވެސް މިހާރު ވަނީ ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް