އެލާޓް ލެވެލް މަތިކުރުމުން ފަތުރުވެރިންނަށް ރައްކާތެރިކަން އިހުސާސްކުރެވޭނެ: އަލީ ވަހީދު
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް ޔެލޯ2އަށް މަތިކުރުމުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދު އެ ޓޫރިޒަމް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަަވަމުންނެވެ.
ފާހަަގަކޮށްލެވޭ ގޮތުގައި ދިވެހިރާާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ޕީކް ދުވަސްވަރާއި ދިމާކޮށް އިއްޔެ ރޭ ހަތަކުން ފެށިގެން ސިފައިންގެ އެލާޓް ލެވެލް މަތިކޮށް، އެއަރޕޯޓްގައި އިތުރަށް ހަރަކާތްތެރިވަމުންދާތީ ގިނަބަޔަކު ވަނީ އޭގެ ސަބަބުން ފަތުރުވެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެކަމަށް ބުނެފައެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަލާމަތީ ކަންތައްތައް އިތުރުކުރުމުގެ ސަބަބުން ފަތުރުވެރިންނަށް ރައްކާތެރިކަމުގެ އިހުސާސްކުރެވިގެން ދާނެކަމަށާއި، އެގޮތަށް އަމަލުކޮށްފައިވަނީ ގައުމުގެ ވަކި ބަޔަކަށް ނުވަތަ ތަނަކަށް ނުރައްކަލެއް އޮވެގެންނެއް ނޫނެވެ.
މިނިސްޓަރ ވިދާޅުވީ ސަލާމަތީ ކަންކަން އިތުރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް މުހިންމު ކަމެއް ކަމަށާއި، ރާއްޖޭގެ ސަލާމަތީ ފިިޔަވަޅުތައް އިތުރުކުރަން ބޭނުންވާ ގާނޫނުތައް މިހާރުވެސް ތައްޔާރުކުރަމުންދާ ކަމަށެވެ.
ފޮޓޯ: މިހާރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް