ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމެއް ބަހައްޓާ ހިދުމަތް ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމެއް ބަހައްޓާ ހިދުމަތް ފަށައިފި އެވެ.
ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ދިމާކޮށެވެ. ރައީސް ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވީ މިއަދު ހަވީރު އެވެ.

ފުވައްމުލަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަކަށް ބީއެމްއެލްއިން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ބަހައްޓާ ފައިސާ ނެގޭނެ ގޮތް ހަމަޖައްސާފަ އެވެ. އަދި ބައެއް މުހިންމު ރަށްރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާ ހިދުމަތް ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް