ޝަކީބްއާއި އަނބިކަނބަލުން ޑީޕީއީއިން ދުރުކޮށްފި
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީބާއި ހަމަ އެ އޮފީހުގެ އިސް މަގާމެއްގައި ހުންނެވި އޭނާގެ އަނބިކަނބަލުން އުމްނިޔާ މުސްތަފާ، އެޑިއުކޭޝަން މިނިސްޓްރީގެ އެހެން ދެ އިދާރާއެއްގެ އިސްމަގާމަަކަށް ބަދަލުކޮށްފިއެވެ.
މި ބަދަލުތައް ގެނައިކަން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިޔަކު ވަނީ ޔަގީންކޮށްދެއްވާފައެވެ.
އެގޮތުން ޑީޕީއީގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޝަކީބު ބަދަލުކޮށްފައިވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށެވެ. ޝަކީބްގެ އަނބިކަނބަލުން އުމްނިޔާ ބަދަލުކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޑިޕާޓްމަންޓަށެވެ.
މި ދެބޭފުޅުންގެ މަގާމު ބަދަލުކޮށްފައިވަނީ ދެބޭފުޅުންނާއި ދެކޮޅަށް އެތަނުގެ މުވައްޒަފުން މައްސަލަތަކެއް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ.
މިވަގުުތު ޑީޕީއީ ހިންގެވުމާއި ހަވާލުވެ ހުންނެވީ އެތަނުގެ ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު އާޒިމް އަބްދުލްހާދީ (އާޒިމްބެ) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް