ފޭދޫގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ!
އައްޑޫ ސިޓީ ފޭދޫގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ބެހެއްޓުމަށް ނިންމާ، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެގޮތުން އިސްލާމިކް ބޭންކުން މިއަދު ވަނީ މި އޭޓީއެމް ބެހެއްޓުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިދްރީސް ކާޕެންޓްރީއާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކުގެ ސީއޯއޯ އަހުމަދު ރިޒާއެވެ. އިދްރީސް ކާޕެންޓްރީގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު ޝަރީފެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ 35 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިހާރުވެސް އެމްއައިބީގެ އޭޓީއެމްއެއް ހުރެއެވެ. މުޅި ރާއްޖޭގައި އެ ބޭންކުގެ 13 އޭޓީއެމް ހުރެއެވެ.
އެމްއައިބީން މިހާރު އަންނަނީ އާއްމުންނަށް ހިއްސާ ވެސް ވިއްކަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް