ޭބޭންއެމްޑީއެން އަކީ ވަކި ޕާޓީއެއްގެ ޝިއާރެއް ނޫން: ޝައިޚް ޒައިދު
#ބޭންއެމްޑީއެން އަކީ ވަކި ޕާޓީއެއްގެ ޝިއާރެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ޝައިޚް ޒައިދު ވިދާޅުވީ ބޭންއެމްޑީއެންއަކީ ވަކި ޕާޓީއެއްގެ ޝިއާރެއް ނޫންކަމަށެވެ. އެއީ ލާދީނީ ބަޔަކު ތައްޔާރުކުރި ލާދީނީ ރިޕޯޓެއްގައި މިގައުމުގެ ދީނާއި ގާނޫނަށް ފާޅުގައި ގޮންޖެހުމުން ދިވެހި މުސްލިމް ދަރިންގެ ހިތުގައި އެޅި ތަދުން އުފެދިގެން އުޅޭ ކަމެއް ކަމަށެވެ.
އަދި ސަރުކާާރުން އެމްޑީއެން އުވާލިނަމަ ބޭން ބުނަން ނުޖެހުނީސްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ޒައިދު މިހެން ވިދާާޅުވީ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތީ ތިންބަޔަކާއި އެކު އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށްކަމަށެވެ. އެ ސަރުކާރުގައި ދީނީ ކަންތައްތައް ކުރިއަށްގެންދާނީ އަދާލަތު ޕާޓީގެ ހުށައެޅުންކަމަށް އެމްޑީޕީން ގަބޫލުކުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އޭގައި ޕީޕީއެމްގެ ސިޔާސީ ޝިއާރެއް ނުވަތަ 2015ވަނަ އަހަރުގައި ނެރުނު ރިޕޯޓަކަށް އަމަލުކުރަންޖެހޭ ކަމަކަށް ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް