މީހެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިން މުއްލާގެ ފޮޓޯ ފުލުހުން އާއްމުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރޭގެ ވަގުތެއްގައި މީހެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ބަންގްލަދޭޝްއަށް ނިސްބަތްވާ އަންތަރު މުއްލާގެ ފޮޓޯ ފުލުހުން އާއްމުކޮށްފިއެވެ.
އުމުރުން 28 އަހަރުގެ މުއްލާ ހަމަލާ ދީފައިވަނީ، ބަންގްލަދޭޝްގެ މީހަކަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓައެވެ.
މުއްލާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މުއްލާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ވަނީ އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.
މުއްލާ ހަމަލާދިން މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް