ސަލާމަތީ ސަބަބުތަކަށްޓަކައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުގެ ދަތުރުތައް ކެންސަލްކޮށްފި
މިމަހުގެ ތެރޭގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ރާއްޖެއާއި ލަންކާއަށް ކުރައްވަން އޮތް ދަތުުރުފުޅު ސަލާމަތީ ސަބަބުތަކާއި ގުޅިގެން ކެންސަލްކޮށްފިއެވެ.
ޕާކިސްތާނުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިމަހުގެ ދެވަނަ ދުވަހު އެމަނިކުފާނު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅާއި، މެއި މަހުގެ 3 އިން 5 އަށް ލަންކާ އަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅުވެސް ވަނީ ކެންސަލްކޮށްފައެވެ.
މީޑިޔާތަކުން ބުނާ ގޮތުގައި މެއި މަހުގެ 3 އިން 5 އަށް ލަންކާ އަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުވެސް ވަނީ ކެންސަލްކޮށްފައެވެ.
މި ދަތުރުތައް ކެންސަލް ކޮށްފައިވަނީ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެންނެވެ.
މިގޮތަށް އެއްކޮށް ކުރާ ރަސްމީ ދަތުރުތަކުގެ އެއްބައި ކެންސަލްވެއްޖެނަމަ، މުޅި ދަތުރުވެސް ކެންސަލްކުުރުމަށް ސަރުކާރުތަކުން ނިންމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް