މިރޭގެ މޫސުންވެސް ގޯސް: ހއ. އަތޮޅުން ލ. އަތޮޅަށް ހުދު ސަމާލު
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މިރޭގެ މޫސުންވެސް ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
މިރޭ ހއ. އަތޮޅުން ލ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ 18:30 އިން ފެށިގެން 00:30 އާ ހަމައަށެވެ.
މެޓު އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މިރޭ ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ. އަދި ހުދު ސަމާލު ނެރެފައިވާ ވަގުތުގެ ތެރޭގައި، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވާނެ އެވެ.
މީގެ އިތުރުން، ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާއިރު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް