ޕީއެންސީ ރަޖިސްޓަރ ކުރަން 4000 ފޯމް ހުށަހަޅައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ ދަށުން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓަރ ކުރުމަށް 4000 ފޯމް ހުށަހަޅައިފިއެވެ.
ޕީއެންސީގެ ފޯމްތައް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީއިން ވަނީ އެޕާޓީ ރަޖިސްޓަރކުރުމަށް ބޭނުންވާ 3000 ފޯމް ހަމަވެއްޖެކަމަށް މީގެ ދުވަސްކޮޅެއް ކުރިން ބުނެފައެވެ. ނަމަވެސް އީސީއަށް އެޕާޓީގެ ފޯމްތައް ހުށައެޅުމުގައި ލަސްވެގެންދިޔައީ ކީއްވެގެންތޯ ސާފުވާގޮތް ވަނީ ނުވެފައެވެ.
ޕީއެންސީ އުފެއްދުމާއި އެކު ޕީޕީއެމްއަށް ވާނެގޮތާއި މެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް