ނ އަތޮޅުން މ އަތޮޅަށް ހުދު ސަމާލު
ވައިގަދަވެ ވިއްސާރަވާނެ ކަމަށް ލަފާކޮށް ނ އަތޮޅުން ފެށިގެން މ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ ފަތިހު 04:45 އިން ހެނދުނު 10:30 އަށެވެ.
މެޓް އޮފީހުން ބުނީ، އެވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީގެން ދަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް