ކުޅުދުއްފުށީގެ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ އަދާހަމަ ހިއްސާކޮށްފި
ހދ ކުޅުދުއްފުށީގެ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތުގެ އަދާހަމަ ރޯޑް ޑިވަލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީއިން) ހާމަކޮށްފިއެވެ.
އެ ކޯޕަރޭޝަނުން މައުލޫމާތުދީފައިވާގޮތުން، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ސޯކް ޕިޓް ޖަންކްޝަންތައް ބެހެއްޓުމާއި ސަބް-ބޭސް ލެވެލްކުރުމުގެ މަސައްކަތްތަކެވެ. މިއީ ދަނޑުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މުހިންމެ މަސައްކަތެކެވެ.
މި މަޝްރޫއަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގޭ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ ދަށުން ގާއިމުކުރެވިގެންދާ ފުޓުބޯޅަ ދަނޑާއިއެކު އެރަށުގެ ރައްޔިތުންނަށް މަންފާތަކެއް ކުރާނެއެވެ.
އާރްޑީސީއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ މުހިންމު އެތައް މަޝްރޫއުތަކެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް