ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލަކަށް ނަހުލާ ހަމަޖައްސައިފި
ދިވެހިރައްޔިތުންގެ ޕާޓީ، ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަހުލާ އަލީ ހަމަޖައްސައިފިއެވެ.
ނަހުލާ އެ މަގާމަށް ހަމަޖެއްސިކަން ޕާޓީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
ނަހުލާ މިހާތަނަށް ހުންނެވީ ޔޮޓް ޓުއާސްގެ ޑެޕިއުޓީ ސީއީއޯގެ ގޮތުގައެވެ.
އެކަމަނާ ވަނީ މީގެ ކުރިން ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ، ރައީސް ޔާމީންގެ ސަރުކާާރުގައިވެސް ދުވަސްކޮޅެއް ވަންދެން ހަރަކާތްތެރިވެ ވަޑައިގަންނަވާފައެެވެ.
ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ނަހުލާ ވަނީ މައުމޫން ރިފޯމް މޫވްމެންޓްގެ ތާއީދާާއި އެކު ގަމު ދާއިރާއަށް ވާދަކުރައްވައި، ނާކާމިޔާބު ވެވަޑައިގެންފައެވެ. ނަހުލާ އަކީ ޕޮލިޓިކްސް އެންޑް އިކޮނޮމިކްސް ދާއިރާއިން މާސްޓާސް ހާސިލްކޮށްފައިވާ ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް