އިންޑިޔާގެ އިންތިޚާބަކީ ޑިމޮކްރަސީގެ ފެސްޓިވަލެއް: މޯދީ
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބަކީ ޑިމޮކްރަސީގެ ފެސްޓިވަލެއްގެ ގޮތުގައި އިންޑިޔާާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިވެންޓްއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވީ އަންނަ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 800 މިލިޔަނަށްވުރެ ގިނަ މީހުންނަށް ލިބިފައިވާކަމަށާއި އިންޑިޔާގެ އިންތިޚާބީ އިންތިޒާމުތަކަކީ ދުނިޔޭގެ ނިސްބަތުން ބޮޑެތި އިންތިޒާމުތަކެއްކަމަށެވެ.
އަދި މިއީ ޑިމޮކްރަސީގެ ފެސްޓިވަލެއްކަމަށާއި މިކަމަށް ބޭރުގެ ފަރާތްތަކާއި، ޔުނިވަރސިޓީތަކަށާއި އިދާރާތަކަށް ދައުވަތު ދޭނެކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.
އިންޑިޔާ ފާހަގަކުރެވިފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް