އެފްއެފްޑީއޭގެ ހުއްދަނެތި އިޝްތިހާރުކުރާނަމަ ބޮޑު ޖޫރިމަނާއެއް
ކާބޯތަކެތި އިޝްތިހާރުކުރާއިރު އެމްއެފްޑީއޭގެ ހުއްދަ ނެތި އެކަން ކޮށްފިނަމަ ޖޫރިމަނާކުރާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މިގޮތަށް ނިންމާފައިވަނީ ކާބޯތަކެތި އިޝްތިހާރުކުުރުމާއި ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ޤަވާޢިދު ގަ އެެވެ.
މި ޤަވާޢިދުގައި ވާގޮތުން، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކާބޯތަކެތި އިޝްތިހާރުކޮށްފިނަމަ އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ބޮޑު ޖުރިމަނާއެއް ކުރާނެ އެވެ.
ފުރަތަމަ ފަހަރު އެކަންކޮށްފި ނަމަ، 10,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާއިރު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އަދި ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 300,000 ރުފިޔާއިން ޖޫރިމަނާކުރުމަށް އެމްއެފްޑީއޭ އިން ކަނޑައަޅާފައި ވެއެވެ. އަދި ތިންވަނަ ފަހަރަށް އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު، 500,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް