ސައިކަލް ފަސޭހައިން ނޭރުވޭނެހެން ރޭމްޕްތައް އަލުން ހަދައިފި
މާލޭ މަގުތަކުގައި މާލޭ ސިޓީ ކައުންސިލުން ހެދި ރޭމްޕްތަކަށް ބައެއް ފަރާތްތަކުން ސައިކަލް ޕާކުކުރުމުން އެ ރޭމްޕްތައް އަލުން ހަދައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިފަހަރު ރޭމްްޕްތައް ހަދާފައިވަނީ ސައިކަލްތައް ފަސޭހައިން ނޭރުވޭނެފަދަ ގޮތަކަށެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ސިޓީ ކައުންސިލުން ބުނީ ރޭމްޕްތައް އަލުން އެޅުމަށް ނިންމީ މުސްކުޅިންނާއި ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށް ކަމަށެވެ.
އެގޮތުން ކޮންމެ ދުވާރެެއްގައިވެސް 30 ފޫޓުން ނުވަތަ 40 ފޫޓުން ރޭމްޕް ބަހައްޓަން ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މިގޮތަށް ރޭމްޕް ބެހެއްޓުމުން ޕާކްކުރާ އުޅަނދުތަކުގެ އުނދަގުލުން ލުޔެއް ލިބޭނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް