ރައީސް ޔާމީން ވޯޓުން ބަލިކުރުމަކުން ނުުފުދޭ: މިނިސްޓަރ ޝާހިދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުން ބަލިކުރުމަކުން ނުފުދޭކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޓްވިޓަރ މެދުވެރިކުރައްވައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހިން ވަނީ ވޯޓުން ރައީސް ޔާމީންގެ ޚުދުމުހުތާރު ވެރިކަން ބޭރުކޮށް މިސާލު ދައްކާފައި ކަމަށެވެ.
ނަމަވެސް އެވަރުން އަދި ނުފުދޭކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ބާކީ އޮތް ނުފޫޒުތައް މުލުން ލުހެލައި، އިންސާފު ގާއިމްކުރުމަށް ތަރައްގީއަށް ދެކޮޅު ހަދާ ފަރާތްތައް ބަލިކުރަން ޖެހޭކަމަށެވެ.
އަދި އެކަން ކުރެވެން އޮތީ މަޖިލިސް އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް ކަމަށްެވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް