އައްޑޫގެ އާ ހޮސްޕިޓަލްގައިވެސް ފެންބޮޑުވެފައި!
ހިތަދޫގެ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ ހިންގި އިމާރާތުގައި ބިނާކޮށްފައިވާ އާ ހޮސްޕިޓަލްގެ ތެރެއަށް ވާރޭވެހި ފެންބޮޑުވެއްޖެއެެވެ.
"އައްޑޫލައިވް" ނޫހުން ރިޕޯޓްކުރާ ގޮތުގައި ފެންބޮޑުވި ސަރަހައްދުގެ ފުރާޅަކީވެސް ދާދިފަހުން މަަރާމާތުކުރެވި، ބަދަލު ކުރެވިފައިވާ ދެތަނެވެ.
އެގޮތުން ފެންބޮޑުވި ވޯޑަކީ ދާދިފަހުން ތައްޔާރުކޮށް ނިމިފައިވާ ވޯޑެއްކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. މިތަނަށް ވާރޭވެހުމުގެ ސަބަބުން ވަނީ އެނދާއި އެހެނިހެން އަގުބޮޑު ތަކެއްޗަށް ގެއްލުންތަކެއް ލިބިފައެވެ.
މިތަނަކީ ދާދިފަހުން ހެދުނު ތަނަކަށްވީއިރު، މިތަނުގައި ފެންބޮޑުވުމުން އެތަން ހަދާފައިވާ ފެންވަރާއި މެދު އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ ސުވާލުއުފައްދަމުންނެވެ.
ފޮޓޯ: އައްޑޫލައިވް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް