2،000 އަށްވުރެ ގިނަ ޕަސެންޖަރުންނާއި އެކު ކްރޫޒްލައިނާ އައިޑަބެލާ ރާއްޖެއަށް!
2،000 އަށްވުރެ ގިނަ ޕަސެންޖަރުންނާއި އެކު ކްރޫޒްލައިނާ "އެމްއެސް އައިޑަބެލާ" ރާއްޖެއަށް ބަނދަރުކޮށްފިއެވެ.
މިއީ މި އަހަރު ތެރޭގައި ރާއްޖެ އަށް އައި ދެވަނަ ކުރޫޒްލައިނާ ކަމަށް ވާއިރު، "އެމްއެސް އައިޑަބެލާ" ވަނީ އަހަރުގެ ނޮވެމްބަރު މަހުގެ ތޭރެގައި ވެސް ރާއްޖެ އައިސްފައެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނީ މެލޭޝިއާއިން ފުރައިގެން ދަތުރުކޮށް މާލޭގައި މިހާރު ބަނދަރުކޮށްފައި އޮތް އިޓަލީގެ މި ކްރޫޒްލައިނާގައި 2،148 ފަސިންޖަރުން ދަތުރުކުރަމުންދާ ކަމަށެވެ.
މި ކްރޫޒްލައިނާ ރާއްޖޭގައި ދެ ދުވަސް މަޑުކުރަން ހަމަޖެހިފައިވާ އިރު ކްރޫޒްލައިނާ އިން ޓޫރިސްޓުން މާލެ ފައިބާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުންވެސް މާޔާއިން ބުނީ މި މަހުގެ ތެރޭގައި އެމްއެސް އައިޑަބެލާ ގެ އިތުރުން ތިން ކުރޫޒްޝިޕެއް ރާއްޖެ އަށް ބަނދަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް